ކުޅުދުއްފުށީގެ ނަރުދަމާ ނިޒާމް ޤާއިމް ކުރުމުގެ ކަންތައްތައް ޗޮކުން ދަނީ (ފުރަތަމަ ބައި)
* ބޯފެނާއި ނަރުދަމާ ނިޒާމްތަކަކީ ދެމެހެއްޓެނިވި ނިޒާމްތަކަކަށް ވެގެން މެނުވީ އޭގެ މަންފާ ރައްޔިތުންނަށް ނުކުރާނެ ނިޒާމްތަކަށް ވީހިނދު، ރަށްރަށުގައި ޤާއިމް ކުރެވެމުންދާ ބޯފެނާއި ނަރުދަމާ ނިޒާމްތަކުގެ ފަރުމާ ރަގަޅުކޮށް މަސައްކަތުގެ ފެންވަރު ރަގަޅު ކުރަން ޖެހިފައި
ނަރުދަމާ މިނިސްޓްރީގައި ބޯފެނާއި ނަރުދަމާގެ ކަންކަމުގައި ހަރަކާތްތެރިވަމުން އަންނަ، ފަންނީ ޤާބިލުކަމާއި ތަޖުރިބާ ލިބިފައިނުވާ ބައެއްގެ ޚުދުމުހުތާރު ޢަމަލުތަކުގެ ސަބަބުން، ލޯނާއި ހިލޭއެހީގައި ރާއްޖޭގެ ރަށްރަށުގައި ޤާއިމްކުރެވެމުންދާ ނަރުދަމާ ނިޒާމްތަކުގެ މަސައްކަތްް ޗޮކުންގޮސް، ރަށްރަށުގެ ދެމެހެއްޓެނިވި ތަރައްޤީއަށް ކުރެވޭ މިމުހިންމު މަސައްކަތް ބޮއްސުން ލައިގެން ދާކަމުގެ ވާހަކަ މި ބޮލޮގު މެދުވެރިކޮށް ކިއުންތެރިންނަށް އެކި ފަހަރުމަތީން ވާނީ ގެނެސްދީފައެވެ.
މިފަހަރު މިބަލާލަނީ އިހަށް ދުވަހު ނަރުދަމާ ވަޒީރު އަޙުމަދު ޢަބްދﷲއަށް، ހދ.ކުޅުދުއްފުށީގެ ރައްޔިތުންގެ ފަރާތުން ކުރިމަތިވި ހާދިސާގެ މައްޗަށެވެ. އިވެމުންދާ އަޑުތަކަށް ބަލާއިރު، ހިނގާދިޔަ މިދެންނެވި ޙާދިސާ ހިނގާފައިވަނީ އެރަށުގައި ޤާއިމްކުރުމަށް ސަރުކާރުން ވަޢުދުވަމުން އަންނަ ނަރުދަމާގެ މަސައްކަތާއި ބެހޭގޮތުން އެރަށު ރައްޔިތުން ވަޒީރާއި ކުރިމަތި ކުރި ސުވާލުތަކަށް ވަޒީރަށް ޖަވާބުދާރީ ނުވެވުމުގެ ސަބަބުންނެވެ. ނަރުދަމާ ޤާއިމްކުރުމުގެ މަސައްކަތް ފެށޭނެ ތާރީޚެއް ބުނެދިނުމަށް ޢުޒުރުވެރި ވީހިނދު، ނަރުދަމާގެ މަސައްކަތް ގޮސްފައިވާ ހިސާބު ބުނެދޭން ނޭގުމުގެ ސަބަބުންނެވެ.
ވާނީވެސް އެހެންތާއެވެ. ރަށްރަށުގެ ފެނާއި ނަރުދަމާގެ ކަންކަން ވިލަރެސްކޮށް ހިންގުމަށް ނަރުދަމާ މިނިސްޓްރީއަށް ނުގަތާވަރަށް ނައިބުންނާއި، ޑިރެކްޓަރ ޖެނެރަލުންނާއި އެގްޒެކެޓިވް ޑިރެކްޓަރުންނާއި އެގްޒަކަޓިވް ޑިރެކްޓަރ ޖެނެރަލުން ބަތްފެން ގަނޑެހެން މިނިސްޓްރީތެރޭގައި ތިބިއިރު މިނިވަންކަމާއިއެކު ޒިންމާ އުފުލާ، ކަންކަމަށް ޖަވާބުދާރީވެ، ފެނާއި ނަރުދަމާ މަޝްރޫޢުތަކަށް ހަލުއިކަމެއް ގެންނަން މަސައްކަތްކުރާ އެކަކުވެސް ނެތެވެ. ނަރުދަމާ މަޝްރޫޢުތަކަށް ވާނުވާ އެގޭ އެކަކުވެސް ނެތެވެ.
މިދެންނެވި ބައިގަނޑު މިނިސްޓްރީގެ ފިނިކުރި ކޮޓަރިތަކުގައި ބޮޑު މުސާރަ ނަގައިގެން ތިބެ ރަށްރަށުގެ ރައްޔިތުން ކުރިމައްޗަށް ވަޒީރު ގިނިކަންޏާ ނެރެ، ރައްޔިތުން ލައްވާ ވަޒީރުބޮލަށް ވެލި ޖަހާ، ހަށިކޮޅަށް ސިގިރޭޓް ބުރި ނިއްވާ، ކުރިފުޅުމަތީގައި ރައްޔިތުން ހަޅޭއްލަވާއިރު، ހެވިފައި އެއާރކޯންގެ ފިނިހޫނުމިން ހެޔުވަރު ކޮށްލަކޮށްލާ ކޮޓަރިތަކުގައި ތިބެން ލަދެއް ނުގަނޭތޯއެވެ. ވަޒީރު ރަށުތެރޭގައި ގަންހިންގަމުންގޮސް ކަނޑު އޮޅިން ބޭރުކުރާއިރުު، މިނިސްޓްރީގެ ކޮޓަރި ތަކުގައި ކޮމްޕިއުޓަރުން ސޮލިޓަޔާރ(ތާސް) ކުޅެން ނުވަތަ ދިވެހިބަހުން ލިޔެފައިވާ ސިޓީއެއްގެ ފިއްޔެގެ ހިފައިގެން ދަަމާލަދަމާލަ ތިބެން ލަދެއްް ނުގަނޭތޯއެވެ.
މަތިންދާބޯޓުފަހަރު އެހެލުމާއި ފެހިކެހުމުގެ އިތުރުން ރަންވޭގައި ބޮލާކި އުގުޅުމުގެ ތަޖުރިބާ ލިބިފައިވާ ބޭފުޅުންނާއި، އަތޮޅުވެރިކަން ކުރުމުގައި ޗޮކްލެޓީ ތަޖުރިބާތަކެއް ލިބިފައިވާ ބޭފުޅުންނާއި، ވިލާތުގެ ހަށިގަނޑު ރަގަޅު ދޮން ފިރިހެން ބޭފުޅުންނާއިއެކު ފެންވަޅު ޓެސްޓުކުރުމުގެ ތަޖުރިބާ ލިބިފައިވާ ބޭކަނބަލުންނާއި ރަށްރަށުގެ ފެން ފަށަލަ ފޮޓޯނެގުމުގެ ތަޖުރިބާ ކުރަމުން އަންނަ ޑަކްޓަރުންގެ އިތުރުން އެތައް އެތައް ކަތީބުންނެއް ހިމެނޭ މިދެންނެވި ބައިގަނޑު ދެކޭގޮތުގައި ނަރުދަމާ މިނިސްޓްރީއަކީ މިބައިގަނޑުގެ އަމިއްލަ ގެދޮރެވެ. ތަނުގެ ތެރޭގައި ހުރީ މިވެރިންގެ ތަރިކަ މުދަލެވެ. ނަރުދަމާ ޑިޒައިން ކޮންޓްރޯލަރުގެ ނެވިކަމުގައި، ރަށްރަށަށް ޑިޒައިން ކުރާ ނަރުދަމާތަކުގެ މައިހޮޅީގެ ތެރެއިން ފަސް ނަމްބަރުގެ ކަންވާރެއްވެސް ދަމާނުލެވޭހާ ހިމަ ހޮޅި ބޭނުންކޮށް، ސެޕްޓިކްޓޭންކާއި ނަޖިސް ގަށާ މެށިން ފަދަ ސާމާނު ބޮޑުއަގުގައި ކޮންސަލްޓަންޓުންނާއި ގުޅިގެން ގަންނަމުންދާއިރު، އެކަމާއި ދެކޮޅަށް އަޑު އުފުލާ މީހުން މިނިސްޓްރީއިން ބޭރުކޮށް އެމީހުންގެ އަގު ވައްޓާލުމަށް މި ބައިގަނޑު މަސައްކަތް ކުރަމުން އަންނައިރު ބޮޑު މުސާރަ ކައިގެން މިނިސްޓްރީތެރޭގައި ކޮރުކަލި އެނބުރޭހެން އެނބުރެން ލަދެއް ނުގަނޭތޯއެވެ.
ފެނާއި ނަރުދަމާގެ ކަންކަން ރެގިއުލޭޓްކުރަން ހުރި އެމް.ޑަބްލިޔޫ.އެސް.އޭ އަކީ ސިޔާސީ ޕާޓީއެއްގެ މާލެ އޮފީސްކަމަށްވެފައިވާއިރު، ފެނާއި ނަރުދަމާގެ ރެގިއުލޭޓަރުގެ ޙައިޞިއްޔަތުން އެތަނުގައި އިން ޑަކްޓަރު ކުރާ އެއްވެސްކަމެއް ނުފެނެއެވެ. ރަށްރަށުގައި ހޮޅި ވަޅުލާއިރު މައިހޮޅީގެ ބަދަލުގައި ވަޅުލަނީ މަގުމަތީގައި ދަމަން ގެންގުޅޭ ރޯނުކަމެއް ނޫނީ ކޯރުކޮންނަން ގެންގުޅޭ އުދަލިކަމެއް ރެގިއުލޭޓަރަކަށް ނޭގެއެވެ. މަގުމަތީގައި ބަހައްޓާ ޖަންކްޝަންގެ ބަދަލުގައި ބަހައްޓަނީ ފޫގޮސްފައިހުރި 10 ލީޓަރުގެ ބާލިދީއެއްކަމެއް ނުވަތަ ރީނދޫ ހަންބުރިއެއްކަމެއް ރެގިއުލޭޓަރަކަށް ނޭގެއެވެ. އެނގޭނީ ނަރުދަމާ ވަޅުލާ ރަށްރަށަށް ގޮސްގެން ކަމަށްވާއިރު، ނަރުދަމާ ނިޒާމްގެ މަސައްކަތް ހިނގާ އެއްވެސް ރަށަކަށް ރެގިއުލާޓަރު ގޮސްފައެއް ނުވެއެވެ. މިތަނަކީ ބާރުކަނޑުވާފައި ހުންނަ މުވައްސަސާއެއްކަމުން، މިއިން ކަމެއް ބެލޭނެ ޤާބިލުކަމެއްވެސް މިތަނުގައި ޤާއިމްވެފައެއް ނުހުރެއެވެ. ތިމަންނާ މީ ތިމާވެށި ބޮއިގެން ހުރި މާމޮޅު ޕްރޮފެސަރެއްކަމަށް އެހެން މީހުންނަށް ދައްކުމާއެކު މެޑަލިޖަހާ، ރަށްރަށް ބުރިކުރުމަށް ލަފާދީ، ރަށްރަށުގެ ފެންފަށަލަ ރޯލް ފިއްސަކުން ކުރަހަމުންދާއިރު، ތިމަންނާގެ ޒިންމާއަކީ ކޮބައިކަން އެނގޭތޯއެވެ.
ނަރުދަމާ މިނިސްޓްރީގައިި މި ބައިގަނޑުގެ ދަށުން މަސައްކަތްކުރަމުން އަންނަ، މާދަމާވެސް މިނިސްޓްރީ ނަގާ ކޮޅައްޖަހަން ތިބި އުންމީދުން ފުރިގެންވާ ޒުވާނުންނަކީ މި ބައިގަނޑުގެ ކުރިމަތީގައި އެއްވެސް ބައެއް ނޫނެވެ. އެ ކުދީން ލިޔެގެން ގެންނަ ސިޓީގައި ފިއްޔެއް މަދުވިޔަސް ސިޓީއިން މޫނުމަތީގައި ވިއްލާލުމަށްފަހު އެކުދީންނަށް ހަޑިހުތުރުބަހުން ބަވާ، އޮފީހުން ވަކިކޮށްލާނެކަމުގެ އިންޒާރު ދީ، އެ ކުދީން ރޮއްވަމުންދާއިރު ލަދެއް ނުގަނޭތޯއެވެ.
މިދާއިރާގައި ތަޖުރިބާހުރި އެތައް ޒުވާނުންނެއް ތަނުން ބޭރުކޮށް، އަނެއްބައި މީހުން ތަނުގެ ތެރޭގައި އެހެލާފައި އެއްވެސް ކުރިއެރުމެއް ނުދީ، މި ބައިގަނޑު ހިތުހުރިގޮތަށް ކަންތައް ކުރަމުންއަންނައިރު ރަށްރަށުގައި ޤާއިމް ކުރެވޭ ނަރުދަމާ ނިޒާމްތަކުގެ ފަރުމާރަގަޅުކޮށް ޤާއިމްކުރެވޭ ނަރުދަމާތަކުގެ ފެންވަރު ރަގަޅުކުރުމަށް އެއްވެސް މަސައްކަތެއް ނުކުރެއެވެ.
ކުޅުދުއްފުށީ ނަރުދަމާގެ ފެށުން
ރަށްރަށުގެ ނަރުދަމާގެ މަސައްކަތްތައް މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިނގަމުން އައިދުވަސްވަރުން ފެށިގެން މިއަދާއި ހަމައަށް އާއިރުވެސް ނަރުދަމާ އަޅަން ޖެހޭ ރަށެއްގެ ގޮތުގައި ފާހަނގަކޮށް މިވެރިން ގެންގުޅޭ ނަރުދަމާ ދަފުތަރުގައިި ކުޅުދުއްފުށީގެެ ނަން ވެސް ކުލަގަދަކޮށް ލިޔެފައި އަބަދުވެސް އޮވެއެވެ. ކުޅުދުއްފުއްޓަކީ ސަރަޙައްދީ ތަރައްޤީގެ ފޯކަލް ޕޮއިންޓެއްކަމަށާއި ތަރައްޤީގެ އުސްމިންތަކަށް ގެންނަންޖެހޭ ރަށެއްކަމަށް ބުނެ، ޕްލޭނިން މިނިސްޓްރީގެ މާލިމީކަމުގެ ދަށުން އޭ.ޑީ.ބީ ލޯން އެހީގައި ކުޅުދުއްފުށީގެެ 60 ގެއެއް ހިމެނޭގޮތަށް ރަށުގެ ވަކި ހިސާބެއްގައި، އަޖުމަ ބެލުމުގެ ގޮތުން 2002 އިން 2003 އަށް ނަމޫނާ ނަރުދަމާއެއް ވަނީ ޤާއިމްކޮށްފައެވެ.
ނަމޫނާ ނަރުދަމާ ފޭލްވުން
ރާއްޖޭގެ ރަށްރަށަކީ ލޯން އެހީދޭ ބޭންކުތަކާއި އެހީދޭ ޖަމާޢަތްތަކުން އަޖުމަ ބެލުމުގެ ގޮތުން ނަރުދަމާއާއި ގުޅޭ އެކިއެކި ތަޙުލީލުތައް ކުރަމުންއަންނަ ރަށްރަށްކަމުން، ކުޅުދުއްފުށީގައި ޤާއިމްކުރި މިދެންނެވި ނަރުދަމާ ނިޒާމަކީވެސް އޭ.ޑީ.ބީ ގެ ލޯން އެހީގައި ޕްލޭނިންގ މިނިސްޓްރީއިން އޭރު ހާވާފައި ހުރި ހަޑިއެވެ. ކުރި ތަޙުލީލެކެވެެ. މި ދެންނެވި ނަރުދަމާ ނިޒާމްް ޤާއިމްކޮށް ނިމި ރައްޔިތުންނާއި ޙަވާލުކުރިތާ މަސްދުވަސް ނުވަނީސް، ނަރުދަމާ ނިޒާމް ޗޮކުންގޮސް، މިނިޒާމުގެ ހޮޅިތަށް ވަނީ ބެދިފައެވެ. މަގުމަތީގައި ބެހެއްޓި ޖަންކްޝަންތައް ފުރި މަގުމައްޗަށް ބަންޑުންވެ އެއިން ފެން ހިނގާގޮތެއް ނުވިއެވެ. ނަޖިސް ޓްރީޓްކުރަން ހަދާފައި ހުރި ތަންތަން (ޓްރީޓްމަންޓް ބެޑް) ބެދި ނަޖިސް ޖަމާކުރަން ހުރި މައި ވަޅުގަނޑު ފުރި ވަނީ ބަންޑުންވެފައެވެެ. މިހިސާބަށް މިކަން ދިއުމުން، މިނިޒާމުގެ މައި ހޮޅިއާއި ގުޅާލެވުނު ގެތަކުގެ ތެރެއިން ވަރަށް ގިނަ ގޭގޭގެ ފާޙާނާ، މިނިޒާމުން ވަކިކޮށް، އިހުވެސް ވަޅުބުޑަށް ނަޖިސްފެން ހިންދަމުން އައިގޮތަށް އެނބުރި ވަނީ ރުޖޫޢަވެފައެވެ. ނަރުދަމާއެއް ޤާއިމްކުރުމުގެ ބޭނުމަކީ، ގޭގައި އުފެދޭ ނަޖިހާއި ނަޖިސްފެން ފަސޭހައިން ގެއިން ބޭރުކޮށް، ރައްކާތެރިކަމާއެކު ނައްތާލުން ކަމަށްވީހިނދު، ކުޅުދުއްފުށީގައި ޤާއިމް ކުރި މިދެންނެވި ނަރުދަމާ ވެގެން ދިޔައީ އެރަށުގެ ރައްޔިތުންނަށް ކުރިމަތިވި މުޞީބާތަކަށެވެ.
މިދެންނެވި ނަރުދަމާ ނިޒާމްް ފޭލް ނުވާކަން ދެއްކުމަށް ޓަކައި، މިމަސައްކަތް ކުރި ނިއުޒީލޭންޑުގެ ދޮން މީހުން އާ ކޮންޓްރެކްޓެއްގެ ދަށުން ދެވަނަފަހަރަށް ރާއްޖެ ގެނެސް، އޭޑީ.ބީ އާއި ގުޅިގެން ޕްލޭނިން މިނިސްޓްރީއިން ކުރި ދިރާސާތަކުގެ ރިޕޯޓް އެހެރީ ފެންނާށެވެ. މީގެ އިތުރުން ނަޖިހާއި ބެހޭ މިނިސްޓްރީގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ ވަރަށް ޤާބިލު އެހެނަސް އެހެލާފައި ތިއްބެވި ދެ ބޭފުޅަކު ކުޅުދުއްފުށީގައި ޤާއިމްކޮށްފައިވާ މިދެންނެވި ނަރުދަމާއާއި ބެހޭގޮތުން ތައްޔާރުކުރައްވާފައިވާ ރިޕޯޓުންވެސް އެހެރީ ފެންނާށެވެ.
މިނިޒާމްގެ ކަންތައްތައް ހުރި ގޮތަކީ މިއީ ކަމަށްވާއިރު، ކޮންމެ ހަފުތާއަކު މުޅި ނިޒާމްގެ ހުރިހާ ހޮޅިތަށް ހައި ޕްރެޝަރުގައި ފެންޖަހާ ލޮނުފެނުން ދޮވެ ސާފުކުރުމަށާއި މިނިޒާމްގެ ޓްރީޓްމަންޓް ބެޑްތަކުގައި ބޭނުންކޮށްފައި ހުރި ހޮޅިތަކުގެ ހިމަ ލޯވަޅުތައް ދައްކޮޓާ އިލޮށި ނުވަތަ އަފުނޯސް ކައްޓެއް ބޭނުންކޮށް އެއިން ފެންހިނގާގޮތް ހެދުން ފަދަ ކަންކަމަށް ޕްލޭނިންގ މިނިސްޓްރީއިން ގެންނެވި ދޮން ކޮންސަލްޓަންޓް ލަފާދީފައިވައިރު، ނަރުދަމާ ނިޒާމެއް ހިންގުމަށް މިއީ އިންސާނުންނަށް ކުޅަދާނަކެމެއްތޯއެވެ. މައްސަލައެއް ނެތެއް ނުންތޯއެވެ. ކުޅުދުއްފުށީ ރައްޔިތުން މަންފާއެއް ނުކުރިއަސް ކޮންސަލްޓަންޓުގެ ބިލްތަކަށް ވަނީ ފައިސާ ދެވިފައެވެ. ދެންވެސް ޕްލޭނިންގ މިނިސްޓްރީއިން ބުނަމުންދިޔައީ ކުޅުދުއްފުއްޓަކީ ތަރައްޤީގެ ފޯކަލް ޕޮއިންޓެއްކަމަށާއި، ފަހުން ރަގަޅުވާނެކަމަށެވެ.
ސުނާމީ އާއި ކުޅުދުއްފުށީ ނަރުދަމާ
2004 ގައި ރާއްޖެއަށް ކުރިމަތިވި ސުނާމީއާއި ގުޅިގެން ކުޅުދުއްފުށީގެ ނަރުދަމާ ރަގަޅުކުރުމުގެ ގޮތުން ޕްލޭނިންގ މިނިސްޓްރީއާއި އޭ.ޑީ.ބީ މަސައްކަތްކުރީ، ލޯން އެހީގައި ކުޅުދުއްފުށީގައި ޤާއިމްކޮށް ފޭލްވެފައިވާ މިދެންނެވި ނަރުދަމާ އެކްސްޕޭންޑުކުރުމުގެ ސަކަރާތެއް ޖެހުމަށެވެ. އޭ.ޑީ.ބީ އިން ތަތިޔާނާ ކިޔާ ދޮން އަންހެނަކު ކޮންމެ ހަފުތާ ބަންދަށް ރާއްޖެ އައިސް ޕްލޭނިންގ މިނިސްޓްރީއާއި ގުޅިގެން ޖެހި ސަކަރާތް އަލުން ތަކުރާރު ވިޔަ ނުދިނުމަށް ނަރުދަމާ މިނިސްޓްރީގައި ހަރަކާތްތެރިވަމުންދިޔަ ބައެއް ބޭފުޅުން މިކަމާއި ދެކޮޅަށް އަޑު އުފުލާ، އޭ.ޑީ.ބީއިން ތަކުރާރުކުރަން އުޅުނު ކަންތައްތައް ވަނީ ފޭލްކޮށްލާފައެވެ. އޭރުވެސް ޕްލޭނިންގ މިނިސްޓްރީގައި މިކަމުގައި ހަރަކާތްތެރިވަމުންދިޔައީ ދެމޭ ރަބަރުކަހަލަަ ރަނޑު ސޮރުންތަކެއް ކަމުން މިސޮރުމެން ސުނާމީއަށްފަހުވެސްް މަސައްކަތްކުރީ ހަފުތާ ބަންދަަށް އޭ.ޑީބީއިން ރާއްޖެ އަންނަ މިދެންނެވި ދޮން ތަތިޔާނާ ބުނިގޮތަކަށް، ގުދަށް ތިބެ ލިބެން ހުރި ލާރި ސެޕްޓިކް ޓޭންކާއި ނަޖިސް ގަށާ މެޝިން ފަދަ ސާމާން ގަނެ ތަޅާ ސުންނާފަތި ކޮށްލުމަށެވެ.
އޭ.ޑީ.ބީ ގެ އެހީގައި ނަރުދަމާ ފަރުމާކުރުންް
އޭ.ޑީ.ބީ އާއި ޕްލޭނިންގ މިނިސްޓްރީ އިން ކުޅުދުއްފުށީގައި ތަކުރާރު ކުރަން އުޅުނު ކަންކަމާއި ދެކޮޅަށް ނަރުދަމާ މިނިސްޓްރީގެ ބައެއް ބޭފުޅުން އަޑު އުފުލުމާއި ގުޅިގެން، އޭ.ޑީ.ބީގެ ރާގު ބަދަލުވެ، ކުޅުދުއްފުށީގައި ރަގަޅުފެންވަރުގެ ނަރުދަމާއެއް ޤާއިމް ކުރުމަށް ބޭނުންވާ ޑިޒައިން ތައްޔާރުކުރުމަށް އޭ.ޑީ.ބީއިން އެއްބަސްވިއިރު، ނަރުދަމާ ޤާއިމްކުރުމުގެ މަސައްކަތް (ކުޅުދުއްފުށީގެ މަގުތަކުގައި ނަރުދަމާ ވަޅުލުމުގެ މަސައްކަތް) ދިވެހި ސަރުކާރުން ކުރާނެކަމުގެ ޔަޤީންކަން އޭ.ޑީބީއަށްވަނީ ދެވިފައެވެ. ނަމަވެސް، ނަރުދަމާ ނިޒާމްގެ ޑިޒައިން މަސައްކަތް 2007 ޑިސެމްބަރު ހާތަނުގައި ނިމިފައިވާ އިރު، މިނިޒާމް ކުޅުދުއްފުށީގެ މަގުތަކުގައި ވަޅުލުމަށް ބޭނުންވާ ފައިސާ ލިބޭނެގޮތް ނުވާކަމީ ސުވާލު އުފެދޭކަމެކެވެ.
ގާތްގަނޑަކަށް 5 މިލިއަން ރުފިޔާ ޙަރަދުކުރެވިގެން ފަރުމާކުރެވިފައިވާ ޑިޒައިން ނިމި ނަރުދަމާ މިނިސްޓްރީގެ ޑިޒައިން ކޮންޓްރޯލަރުގެ މޭޒުމަތީގައި މީރުކުރަން ދާދިފަހަކާ ޖެހެންދެން ބޭއްވުމަށްފަހު މިހާރު ވަނީ ޓެންޑާރބޯޑަށް ހުށަހެޅިފައެވެ. ޑިޒައިން ކޮންޓްރޯލަރާއި ކޮންޓްރޯލަރުގެ އެހީތެރިން ދެކޭގޮތުގައި މިބާވަތުގެ ޑޮކިއުމެންޓް ނަރުދަމާ މިނިސްޓްރީއިން ބޭރުކުރީމަ ނަރުދަމާ ވަޅުލެވުނީއެވެ. ނަރުދަމާ ޤާއިމް ކުރުމަށް ކުރަންޖެހޭ ކަންކަން ފުރިހަމަވީއެވެ. (ނުނިމޭ)
10 comments:
އަހްމަދު އަބްދުއްﷲ ގަޔަށް އަތްލާންޖެހުނުކަމަށް ޤަބޫލުކުރާ މައިގަނޑު 10 ސަބަބެއް: (ކެތްކުރެވޭނީވެސް ވަކިވަރަކަށް- އެމީހުންނަށް ކޯޓެއްގެ ކުރިމަތީގައިވެސް ޒިންމާނުއުފުލުމުގެ އަދަބެއް ދެވޭނެގޮތެއްނެތެވެ. އެހެންވީމާ ވާނެދޮން ވީ މިހާރުއެވަނީއެވެ. ހަބަރުދާރު. ދެން މިފަސްގަނޑަށް ނާރާތި. އަދި ބިޑިއަޅުވައިގެން ތިގެންދާކުދިންނަށް ދެރަގޮތެއް ހަދާލައިފިނަމަ ކުޅިދައްކާލާނަން. އެއްވިމީހުންބޭނުންވީ އެމީހުންގެ ނަފްސީ ފައިދާއެއް ހޯދާކަށްނޫން. ނަމަނަމަ އެމީހުނަށް ގޮތެއް ނަހަދާތި. އެމީހުން ހައްޔަރުކޮށް ބައިތިއްބައިގެން މައުމޫނުވެސް މިތަނަށް ނާރާތި.)
ފަލަސްތީނުގެ ރައްޔިތުން އޮއްގަލާއި އަލިފާންޓަޔަރު ބޭނުންކުރަންފެށީ އެމީހުންގެ ހައްޤުތައް ލިބޭނެ އެހެންގޮތެއް ނެތިގެންނެވެ. އެމީހުންގެ އަމިއްލަވަޒަނުން ބޭރުކޮށް އެހެންބަޔަކު އެވަޒަނުގައި އަތްގަދަކުރަންފެށުމުންނެވެ. އެމަނިިކުފާނުވެސް އެކުޅުއްވަނީ އެކަހަލަ ރޯލެކެވެ. ލޯބިން ގޮނޑިއެއް ދިނީމާ ފެންވަރު އޮޅި އިޒުރޭލު މީހުންފަދައިން މަގުއޮޅުނީއެވެ. ކުޅުދުއްފުށީގެ ރައްޔިތުންނަށްވެސް ތިބީ އަމިއްލަވަޒަނުން ބޭރުކުރެވިފައެވެ. އަހްމަދު އަބްދުﷲގެ އިހްމާލުންނެވެ. ހައްލެއްހޯދުމަށް ވަރަށް އާދޭސްކުރެވިއްޖެއެވެ. ތިމާއަށް ލިބިފައިވާ ބިންކޮޅަށް ތިމާއަށް ނުދެވޭފަދަގޮތްތައް މެދުވެރިވެފައިވަނީ އެވުޒާރާގެ އިހްމާލުންނެވެ. މައިގަނޑު ސަބަބެއްކަމުގައިވަނީ ނަޖިސްހިންދާތަނުން ފެންނަގަން މަޖުބޫރުވެފައިވުމެވެ. ނިކަން ވިސްނާބަލާށެވެ. އެތައް ބަލިމަޑުކަމެއް ހިލެމުންދަނީއެވެ. އަޅުގަނޑު މިދެންނެވި އެއްޗެއްގެ ތެދުދޮގު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާ ހަމައިން އެނގިވަޑައިގަންނަވާނެއެވެ. ހަމާއި އެތެރެހަށީގެ ހާއްޟަ ޑަކްޓަރަކު އައިސްފިނަމަ ކިއުގެ ދިގުމިން ފިސާރި ރަގަޅަށް އެގޭނެއެވެ. ނަޖިސްފެނުން ފެންވަރައިގެން އެފެނުން އަންނައުނު 'ތާހިރު' ކޮށްގެން އުޅޭއިރު ސިއްހަތު ސަލާމަތުން ހުންނާނެކަމަށް ތިޔަބޭފުޅުންނަށް ލަފާކުރެއްވޭތޯއެވެ.
އެންމެފަހުން ކުޅުދުއްފުށިން ގޯތިދޫކޮށްފައިވަނީ ގޯތިދޫނުކުރާތާ 5 އަހަރަށްވުރެގިނަދުވަސް ފާއިތުވެދިއުމަށްފަހުގައެވެ. އެބުރުގައި ދޫކޮށްފައިވަނީ 26×53 ފޫޓުގެ ކުޑަކުޑަތަންކޮޅެކެވެ. މިފަދަ 350 ގޯތިދޫކޮށްފައިވެއެވެ. ބިންކޮޅުކުޑަވެގެން ޝަކުވާކުރަނީއެއްނޫނެވެ. ނަަމަވެސް މިވަރުގެ ބިންކޮޅެއްގައި ފާހާނާވަޅުބުރީގެ 3 ބުރިވަޅާއި ފެންހިންދާވަޅުގަނޑަކާއި ފެންވަރާވަޅެއް ބަހައްޓަންޖެހުމުން ސިއްހީ މައްސަލަތައް ނިކުންނަމުންދާނެކަން އެމަނިކުފާނަށް ހަމަރަގަޅަށް އެނގިވަޑައިގަންނަވާނެއެވެ. ގޯތިލިބުމަށް ޝަރުތުކުރާ 1 ކުއްޖެއް ހަމަވެއްޖެނަމަ 2 ކޮޓަރި ހަދަން މަޖުބޫރުވާނެއެވެ. މިހެންވުމުން ދެމަފިރިއަކާއި ކުއްޖެއްދިރިއުޅެން ލިބިފައިވާ 1300 އަކަފޫޓުގެ ބިންކޮޅެއްގައި 2 ކޮޓަރިއާއި ބަދިގެއަދި 2 ފާހާނާ ބޭނުންވެއެވެ. އާއްމުދަނީ ހޯދުމަށްކުޅުދުއްފުށީގައި 2544 މީހުން މަސައްކަތްކުރިކަމަށްވިއަސް ރަށުގެ އާއްމުހާލަތު ވަރަށްގޯހެވެ. މިހެންވެ ލިބޭއެއްޗަކުން ދެކޮޅު ނުޖެހޭތީ ބުރިބުރިއަށް ގެ ނެގޭކަށް ނެތެވެ. ފަސޭހައެއް ވެދާނެތީ ބިންކޮޅު ފުރިބާރުވަމުންދިޔަޔަސް ފުލެޓް އަޅާ ވިއްކާކަށް ސަރުކާރުން ބޭނުމެއްނުވެއެވެ. މިހެންވުމުގެ ސަބަބުން ފެންވަރާވަލަކީ ނަޖިސް ހިންދާވަޅުގަނޑާއި ޖެހިގެން ހުންނަވަޅުގަނޑުކަމަށްވަނީވެފައެވެ. ކެއުންބުއިން ހަމަނުޖެހިގެން އުޅޭއިރު ބޭސްފަރުވާއަށް ކުރަންޖެހޭ ހޭދަ އިންތިހާއަށް ބޮޑުވެގެންދަނީ މިސަބަބާއިހެދިއެވެ.
ތިމާގެ ދަރިފުޅުގެ ގައިގައި ފޮޅުނަގާ ފޮޅުކަނޑައިގެންގޮސް ދޮސްލީމާ ފަހެ އަސަރެއް ނުކުރާނެހެއްޔެވެ. ދަރިފުޅު އަބަދު ބަލިވެ ހޮސްޕިޓަލުގައި ބާއްވަންޖެހުމާއި ގޭގައި ހޭލާއިންނަންޖެހުން މިއީ ކުޑަކަމެއްކަމަށް ހީވެލައްވާތޯއެވެ. އަހަމަދު އަބްދުﷲ އަތުގައި ބާރުއޮވެ އެފަދަކަންކަން ހައްލުކޮށްދޭން އެކަށީގެންވާ މަސައްކަތެއް ނުކުރާކަން ކުޅުދުއްފުށީގެ ގިނަބަޔަކަށް އެނގެއެވެ. މިކަން ހައްލުކޮށްދިނުމުގައި 2 ހައިސިއްޔަތެއް އޭނާގެވާއިރު އެކަން ކޮށްނުދީހުރުމުގެ ސަބަބުން އަޅުގަނޑުމެންގެދަރިންނަށް ލިބޭއަނިޔާއެއީ އަހްމަދު އަބްދުﷲ އަތުންކުރާ އަނިޔާއެއްކަމަށް ދެކެވަޑައިނުގަންނަވަންތޯއެވެ. އެއްބަޔަކު ގަޔަށް އަތްލާނީ މީހުންނާއި ހަވާލުކޮށްގެންނެވެ. އަނެއްބަޔަކު ތިމާގެ ނަފްސު ގުރުބާންކޮށްގެންނެވެ. ކުޅުދުއްފުށިން ނިކުތް މީހުން އެކަންކުރީ އަހްމަދު އަބްދުﷲ ހެން ބަޔަކާއި ހަވާލުކޮށްގެންނެއް ނޫނެވެ. ދެން ރައްޔިތުންނުކުމެ ރަށުންފަހާލީމާ އެވާހަކަދައްކަން ޖެހޭހެއްޔެވެ؟
އަހްމަދު އަބްދުﷲ ރަށުން ފޮނުވާލިމައްސަލަ ވަރަށްކައިރިން ބައްލަވާނެވާހަކަ މައުމޫން އަބްދުލްޤައްޔޫން ވިދާޅުވިއިރު އެމަނިކުފާނު އެތައްފަހަރަކު ވައުދުވެފައިވާ ފެނާއި ނަރުދަމާއަދި މަގުހެދުމުގެ މަސައްކަތް ކައިރިން ބަލާނެވާހަކަ ވިދާޅުނުވީ ކީއްވެބާވައެވެ. އެކަން ނުބަލައިގެން ދިމާވާ މައްސަލަތަކަށް އަމަލްކުރަންވާނީ އެކަމުގެ 'ރޫޓު ކޯޒް' ބެލުމަށްފަހުގައިކަމަށްދެކެމެވެ. އެމައްސަލަވެސް އެއީ ބަލާ ޒިންމާވާންޖެހޭ ފަރާތްތަކާއިމެދު ފިޔަވަޅު އަޅަންޖެހޭކަމަކަށް ނުވަނީނަމަ ދެން މަނިކުފާނު (މައުމޫން އަބްދުލްޤައްޔޫމް) ވެސްތިއީ އަހްމަދު އަބްދުއްﷲ ކެޓަގަރީއަށް ފެތެންޖެހޭނެ މީހެއްކަން ދަންނާށެވެ. ރާއްޖޭގެ ޖުމްލަ އާބާދީގެ %2.34 ހިމެނޭ އާބާދީ ހާލުގައި ޖައްސާފައި އެކަމާއި މަނިކުފާނަށް ވަކި ހިމޭނުންހުރެވިގެން ނުވާނެއެވެ. ކިތައްފަހަރު ކިތައްގޮތައް މިހާރު މިވާހަކަވެސް ދެއްކިއްޖެހެއްޔެވެ؟ ކަހާތަން ހިރުވައިވެސް ނުލައެވެ. ޒިންމާނުނަގާމީހުންނަށް އަތުން ޝަރީއަތްކުރުމަކީ ކުޅުދުއްފުށީ މީހުންވެސް ރުހޭކަމެއްނޫނެވެ. ނަމަވެސް އެއްގޮތެއްވެސް ނެތުމުން މިކަންކުރަން ލާޒިމުކުރާކަން ދެނެތިބީމު ނޫންތޯއެވެ؟ އެބައިގައި ހިމެނިވަޑައިގަންނަވަން ކެރިވަޑައިގަންނަވަންތޯއެވެ. އެތައް މާރާމާރީއެއް މާލޭގައި ހިންގުމަށްފަހު ދަރުބާރުގެ 'ފަންސަވީސް' ރޭވުމެއްގެ ދަށުން ދޫކޮށް މުޅި ރާއްޖެއަށް އެމީހުން ދެން އެކަމެއްނުކުރާނެކަން ދެއްކިޔަސް އަޅުގަނޑުމެން ދަންނަވާނީ ޒިންމާނުނަގާ ކޮންމެ މީހަކަށް މިކަން ކުރިމަތިކުރަންޖެހޭވާހަކައެވެ. ނޫނީ ޒިންމާނުނަގާމީހުންނާއިމެދު ޝަރީއަތުންވިއަސް ފިޔަވަޅު އަޅުއްވާށެވެ.
މަނިކުފާނުގެ ކެބިނެޓްގެ ވަޒީރަކު ކުރިން އަޅުގަނޑުމެންނަށް ވިސްނަދީފައިވާގޮތުގެމަތިން ހައްގުތަކަކީ މީހަކު ތަބަކަކަށްލައިގެން ބަހާއެއްޗެއްނޫންކަމެވެ. ނުބަހައިގެން އެލިބިގަންނަން ދިއުމުން ސުވާލެއްނުކޮށް ފަހަތައް ބިޑިއަޅުވައި ހަންދަމާލަނީ ކޮން ގާނޫނެއްގެ ދަށުންތޯއެވެ. ޑިޕްލޮމެޓިކްގޮތުން ގިނަ މަސައްކަތްތަކެއް ކުރެވުނުކަން ތިޔަބޭފުޅާއަށްވެސް އެނގިވަޑައިގެން ނެތިދާނެއެވެ. ނަމަވެސް ވަރަށްގިނަ މަސައްކަތްތަކެއް ކުރެވުނެވެ. ބައްދަލުކުރުމަށް އެދެވުނެވެ. ބައްދަލެއްނުވިއެވެ. މިނިސްޓަރުގެ ހައިސިއްޔަތުން މިނިސްޓްރީއަކުން ބައްދަލެއް ނުވިއެވެ. މެމްބަރެއްގެ ހައިސިއްޔަތުން ގެޔަކުން ބައްދަލެއްނުވިއެވެ. ދެ ހައިސިއްޔަތައް ބިނާކޮށް ސިޓީފޮނުވުނެވެ. ސިޓީ ލިބުނުކަމަކަށްވެސް ނުވިއެވެ. ކުޅުދުއްފުއްޓައް ވަޑައިގަތްކަން އެނގިގެން 2 ފަހަރެއްގެމަތިން ގަދަކަމުން ބައްދަލުކުރެވުނެވެ. ކޮންމެފަހަރަކުވެސް ހެއްދެވީ ބޮޑެތި ދޮގުތަކެކެވެ. ކޮންމެ ޑެޑްލައިނެއް ފަހަނައަޅާދަނީއެވެ. ކޮންމެ ޑެޑްލައިނަކާއިއެކު ކަންތައްގަނޑެއް ހިނގައެވެ. ކުޅުދުއްފުށީ އޮފީސް ބަންދުނުކޮށް ހިފަހައްޓަންޖެހުނީވެސް މަރުހަލާއަކަށްފަހުއެވެ. އެދުވަހު ވީ އަހްދުތަކަށް ބެލުމަށްފަހު ހިމޭނުން ތިބެވުނެވެ. ނަމަވެސް 'ދުވަސް' ފަހަނައަޅާދިޔުމުން އަލުން އެހެންގޮތެއް ހިޔާރުކުރަންޖެހުނީއެވެ.
ސަރުކާރު ވަޒީފާ އަދާކުރާކޮންމެ މީހަކީ 'އެޅިހާބަތަކަށް ރިހަ' ވެފައި ހުންނާނެ މަނިކުފާނުގެ މީހެއްނޫން އިގޭތޯއެވެ. އޭ! މައުމޫން އަބްދުލްޤައްޔޫމެވެ. މަނިކުފާނުގެ ވަޒީރަކު ޖަވާބުދާރީވާންޖެހޭތަނެއްގައި ޖަވާބުދާރީ ކުރުވަން ނުކުރޭނެ ކުޅުދުއްފުށީ ދަރިއަކުވެސް މިފަސްގަނޑުގައި ނުހުންނާނެ އިގޭތޯއެވެ. އެކަންވާނީ މީގެކުރިންވެސް ސާބިތުކޮށްދީފައެވެ. މަސައްކަތްކުރާ އުމުރުގެ %63 މީހުން ހަރަކާތްތެރިވުން އެއީ ކަންކަމަށް ކެރިގެން ކުރިމަތިލާންކެރޭބަޔަކު ތިބިކަން ދައްކައިދޭ މިސާލެކެވެ. އޭ! ހޭއަރާ ތިބޭށެވެ. މީގައި ޕާރޓީކުލަ ޖައްސަން ނޫޅޭށެވެ. ހައްޔަރުކުރެވިފައިވާ 29 މީހުންނަކީ ވަކިޕާރޓީއެއްގެބަޔެއްނޫންކަން ލިސްޓްބައްލަވާލެއްވުމުން އެނގިވަޑައިގަންނަވާނެއެވެ. ގިނައީ ޕާރޓީއަކަށް ނިސްބަތްނުވާ ފަރާތްތަކެވެ. ވަކިޕާރޓީތަކެއްގެ ބޮލުގައި މިކަން އެޅުވުމަށް އައްޑޫ ޝަރީފު (މަވޯޓާ ޝަރީފު) އަށް އެއްވެސް ހައްގެއް ނޯންނާނެވެ. މާ އަނގަބޮޑުވެގެން ނޫޅޭށެވެ.
1 އަހްމަދު އަބްދުﷲ، އަކީ ހދ އަތޮޅު މެމްބަރުމަކަށްވީހިނދު ކުޅުދުއްފުށި، އަދި ހދ އަތޮޅަށް އެއްވެސް ވަރަކަށް ވަކާލާތުކޮށްދީފައިނުވާމީހަކަށްވާކަން.
2 ފެނާއި ނަރުދަމާގެ ވަސީލަތް ޤާއިމްކޮށްދޭނެކަމަށް ރައީސް މައުމޫން ތަކުރާރުކޮށް ވިދާޅުވެފައިވާއިރު އެކަމަށް އެއްވެސްކަމެއް އަހްމަދު އަބްދުﷲ ކޮށްދީފައިނުވާކަން.
3 އަހްމަދު އަބްދުﷲ ތަކުރާރުކޮށް ނަރުދަމާނިޒާމުގެ މަސައްކަތުގެ 'ކުރިއެރުން' ތަކާއިމެދު އިތުރުފުޅު ހައްދަވާފައިވާކަން.
4 ކުޅުދުއްފުށީގެ ރައްޔިތުންގެ ތެރެއިން ބަޔެއް މާރޗްމަހުގެތެރޭގައި އެނަރޖީ މިނިސްޓަރުގެ ހައިސިއްޔަތުން ބައްދަލުވޭތޯ ދިއުމުން ބައްދަލުވެވެން ނެތްކަމަށް ވިދާޅުވެފައިވާ ވިދާޅުވުން.
5 ކުޅުދުއްފުށީގެ ރައްޔިތުންގެ ތެރެއިން ބަޔެއް މާރޗްމަހުގެތެރޭގައި ރައްޔިތުންގެ މަޖްލީހުގެ ހދ މެމްބަރުގެ ހައިސިއްޔަތުން ބައްދަލުވޭތޯ ދިއުމުން ބައްދަލުވެވެން ނެތްކަމަށް ވިދާޅުވެފައިވާ ވިދާޅުވުން.
6 ނަރުދަމާގެ މަސައްކަތުގެ އަމަލީ މަސައްކަތްފަށާނެކަމަށްބުނި މަހުގެ ސުންގަޑީގައި ކުޅުދުއްފުއްޓައް 'އިއްތިފާގަކުން' ވަޑައިގެން ފިލައިކަހަލަގޮތަކަށް އުޅުއްވުން.
7 ރައްޔިތުންގެ މަޖްލީހުގެ ގޮނޑީގެ ބޭނުންކޮށްގެން ހދ ގެ ރައްޔިތުންނަށް ވަކާލާތުކޮށްދިނުމުގެ ބަދަލުގައި ތަރައްޤީގެ މަސައްކަތްތަކަށް ހުރަސް އަޅޭފަދަގޮތްތަކަށް އަމަލުކުރަމުންދިއުން.
8 އެންމެފަހުން ކުޅުދުއްފުށިން ދޫކޮށްފައިވާ ގޯތިތަކަކީ ނަރުދަމާނެތި އެތަނެއްގައި ދިރިނޫޅެވޭވަރުތަންތަންކަން ދެނެހުރެ އެކަމަށް އިހްމާލުވެފައިވުން.
9 އެކިކަންކަމުގެ ލަފަޔާއި އިރުޝާދައް އެދުމުން ހަޔާތްކުޑަބަހުރުވައިން މަލާމާތުގެ ރާގައް ތަފާތު އެތައްފަހަރެއްގައި ޖަވާބުތައް ދީފައިވުން.
10 ރައްޔިތުންގެ މަޖްލިސްމެމްބަރެއްގެ ހައިސިއްޔަތުންނާއި މިނިސްޓަރެއްގެ ހައިސިއްޔަތުން ހދ އަތޮޅަށް ހޯދައިދީފައިވާ އެއްވެސް ހަޤީޤީކުރިއެރުމެއް ނެތި މުސާރައިގެގޮތުގައި މަހެއްގެމައްޗައް 100000 ރުފިޔާއަށްވުރެ ގިނަރުފިޔާ ބޭނުންކުރަމުންދިޔުން.
excellent!! who is that design controller whom appears to be a dictator in the water and sanitation section of MEEW.?
Not bad. Keep up the spirit until they realize the fact. Are you still going to vote next time to Adubarey? I am sure you all of HDh atoll now regert for voting such a monkey to represent them in the parliament.
Dont allow these slaves of Golhaaboa to enter into your islands. If entered chased them out. Remember you are a brave citizen (of Kulhuduffushi) and the history has recorded and knowned to dictators. _HDhM_
to answer you that the dictators in MEEW known as design controllers are Shaheeda Adam, Abdul Razzag, Dr. M.Ali, Ahmed Rasheed etc. The Chief controller is Shaheeda Adam.
And more this Shaheeda Adam is the wife of Dr.Azee, who happens to be the deputy Minister of Health. One of the most qualified physician in the country sitting in the administration doing nothing to improve the sector or to treat people. All these people thinks the entire nation is deaf or fools to listen them all the time. Its time to raise our voice, where ever we are, dont vote for any of these crroks come to your islands.
Shaheeda is a virus in Water and Sewerage section at MEEW. these sewerage systems are FAILED due to these unprofessionl dumps.
This Shaheedha Adam has no capacity to run Water Section as she cannot even draft a letter. More than half of her office time is spent in Abdul Razzaq's room. Guess what she's doing there?????
I will add one more fact. Shaheedhaa is in love with Dr. Mohamed Ali.
Dr Mohamed Ali thinks that all the people at MEEW who oppose his views must be fired immediately. May be the Permanent Secretary: Saleem will do so soon, because Civil Service is God.
If Shaheeda is in love with Dr. M.Ali, what will happen to her White friend Carpenter who helped her groundwater testing.
Post a Comment